މާޒިޔާ އާއި އަލް އަރަބި ބައްދަލު ކުރާ މެޗު އަންނަ ބުރާސްފަތި ދުވަހު

އޭއެފްސީ ޗެލެންޖު ލީގުގެ ޕްލޭ އޮފް މެޗަށް މި މަހު 12 ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ކްލަބް ކުވެއިތުގެ އަލް އަރަބި އާއި ދެކޮޅަށް ނިކުންނާނެ އެވެ.
ގަލޮޅު ދަނޑުގައި ކުޅޭ މި މެޗަށް މާޒިޔާއިން ނިކުންނަ އިރު ރާއްޖޭގެ ފުޓުބޯޅަ ލީގު މެދުކެނޑިފައި އޮންނަތާ އަހަރަކަށްްވުރެ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެނފަހުން ރާާއްޖޭގައި ފުރަތަމަ ޑިވިޝަން ފުޓުބޯޅަ ކުޅުނީ 2023 ވަނަ އަހަރުގަ އެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ އާ ކޯޗެއް ގެނެސް މިދިޔަ މަހުން ފެށިގެން އަންނަނީ ފަރިތަކުރުންތަށް ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ޕްރެކްޓިސް މެޗެއް ކުޅެލަން ނުލިބުމުގެ ޝަކުވާ އާއި ރާއްޖޭގެ ލީގު ނުފެށި އޮތުމުގެ ޝަކުވާ ކުޅުންތެރިންނާއި މެނޭޖްމެންޓުންވެސް ދަނީ ކުރަމުންނެވެ. ކުވޭތުގެ އަލް އަރަބި އިންވެސް ދަނީ ކޭމްޕުކޮށް ފަރިތަކުރުންތަށް ކުރިޔަށް ގެންދަމުންނެވެ.
މިދިޔަ އަހަރުގެ ޗެލެނެޖު ލީގުގައި ކުވޭތުގައި މި ދެ ޓީމު ވާދަކޮށް އަލް އަރަބި އިން ވަނީ 2-0 ގެ ނަތީޖާ އަކުން މާޒިޔާގެ މައްޗަށް ކުރިހޯދާފަ އެވެ. މި އަހަރު ކުޅޭ މެޗުން މޮޅުވެގެން މާޒިޔާ އަށް ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއ ލިބޭނެ އެވެ.
ރިއެކްޓް



