ކުޅިވަރު

ސީނިއާ ގައުމީ ޓީމަށް މޯހަން، 17 އަހަރުން ދަށުގެ ޓީމަށް ސޮބާ އަދި ފުޓްސަލް ޓީމަށް ނިޔާ ހަމަޖައްސައިފި

އޮގަސްޓް 22, 2025 - 14:30
 0
ސީނިއާ ގައުމީ ޓީމަށް މޯހަން، 17 އަހަރުން ދަށުގެ ޓީމަށް ސޮބާ އަދި ފުޓްސަލް ޓީމަށް ނިޔާ ހަމަޖައްސައިފި

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައި 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ސޮބާހު (ސޮބާ) މުހައްމަދު އަދި ގައުމީ ފުޓްސަލް ޓީމަށް އަހުމަދު ނިޔާޒު (ނިޔާ) ހަމަޖައްސައިފި އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަންއާއި ގައުމީ ޓީމު ހަވާލު ކުރީ ތިން މަސް ދުވަހަށެވެ.

އެންމެ ފަހުން ކްލަބް އީގަލްސް ގެ ކޯޗުކަމުން ފެނުނު މޯހަން ވަނީ މީގެ ކުރިންވެސް ގައުމީ ޓީމުގެ ކޯޗިންގް ޓީމުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މޯހަން މަސައްކަތްކުރި އެވެ. ގައުމީ ޓިމުގެ އިތުރުން މޯހަން ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބް ތަކުގެ ކޯޗެއްގެ ގޮތުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

17 އަހަރުން ދަށުގެ ޓީމަށް ހަމަޖެއްސި ސޮބާ ވަނީ އެންމެ ފަހުން ފެނިފައިވަނީ ނިއުރޭޑިއަންޓާއި އެކު ލީގު ކަޕުންނެވެ. ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ ވަނީ  އިތުރު ކްލަބްތަކަށްވެސް ކޯޗުކަން ކޮށްދީ އެކަޑެމީ ތަކުގައިވެސް މަސައްކަތްކޮށްފަ އެވެ.

ފުޓްސަލް ޓީމުގެ ކޯޗު ނިޔާ އަކީ މިހާރުވެސް އަންނަނީ އެސްޓީއޯ ޓީމާއި އެކު ކުރިއަށް އޮތް ކްލަބް މޯލްޑިވްސް މުބާރާތަށް ތައްޔާރުވަމުންނެވެ. ނިޔާ ވަނީ ވަރަށް ގިނަ ފުޓްސަލް ޓީމުތަކަށް ކޯޗުކަން ކޮށްދީ ގިނަ ކާމިޔާބީތައް ހޯދާފަ އެވެ. 

ގައުމީ ޓީމުތަކަށް ކޯޗުން ހަމަޖެއްސި އިރު ފުޓްސަލް ގައުމީ ޓީމާއި 17 އަހަރުން ދަށުގެ ގައުމީ ޓީމަށް މުހިންމު މުބާރާތްތަކާއި ކޮލިފައިންތަށް އެބަހުއްޓެވެ. އަދި ސީނިއާ ގައުމީ ޓީމުވެސް އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ނުކުންނާނެ އެވެ. އެންމެ ފުރަތަމަ ސީނިއާ ޓީމު ކުޅޭނީ އަންނަ މަހު ލަންކާ އާއި ދެކޮޅަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0