ކުޅިވަރު

ޔަސިން ރައުންޑް 3 އަށް، ކައި ޒަކީ އަދި ކައިޕުޓީ 2 ވަނަ ރައުންޑަށް

އޮގަސްޓް 7, 2025 - 10:40
 0
ޔަސިން ރައުންޑް 3 އަށް، ކައި ޒަކީ އަދި ކައިޕުޓީ 2 ވަނަ ރައުންޑަށް
ޔައްތި ހީޓަށް ފޭބުމުގެ ކުރިން. ފޮޓޯ: ސިޑިބަރި

އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ ޖޫނިއާ ފިރިހެން ބައިގެ ރައުންޑް 3 އަށް ރާއްޖޭގެ ޔަސިން ނާޝިދު (ޔައްތި) ދަތުރުކުރި އިރު މި ބައިގައި ދެން ތިބި ރާއްޖޭގެ ދެ ސާފަރުން ކަމުގައިވާ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) އަދި ކަޔާން އަބްދުالله އަރީފް (ކައިޕުޓީ) ރެޕޯ ހީޓަށް ގޮއްސި އެވެ.

އިންޑިއާގެ ތަމިލް ނާޑޫގައި އިއްޔެ ކުރިޔަށްދިޔަ ފިރިހެން ޖޫނިއާގެ ފުރަތަމަ ހީޓުގައި ކައި ވަނީ ރާޅާ އަޅާފަ އެވެ. ވާދަވެރިކޮށް ދިޔަ މި ހީޓުން ސީދާ 3 ވަނަ ރައުންޑަށް ދިޔުމުގެ ފުރުސަތު ކައި އަށް ގެއްލުނީ އެންމެ ފަހު ވަގުތުކޮޅުގައި ޗައިނާގެ ޝޫލޯ ޖިއާންގް އެޅި ރާޅަށް 7 ޕޮއިންޓް ލިބުމުންނެވެ. މި ހީޓުގައި ކައި އެޅި ދެ ރާޅުން ވަނީ ޖުމްލަ 11.10 ގެ ސްކޯއެއް ހޯދާފަ އެވެ.

ޖޫނިއާ ރައުންޑް 1 ގެ 4 ވަނަ ހީޓުގައި ކައިޕުޓީ ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 4.17 ގެ ސްކޯއެއް ހޯދާފަ އެވެ. މި ހީޓުގައި ކައިޕުޓީ އަށް ވަނީ އެންމެ ރަނގަޅު ރާޅު ހޯދުމުގައި އުނދަގޫތަކާއި ދިމާވެފަ އެވެ.

ޖެހިގެން އޮތް ހީޓު 5 ގައި ޔައްތި ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 11.73 ގެ ސްކޯއަކުން ހީޓުގެ ދެވަނަ ހޯދާ ސީދާ 3 ވަނަ ރައުންޑަށް ދަތުރުކޮށްފަ އެވެ. ޔައްތިއާއި ވާދަކޮށް މި ހީޓުން 1 ވަނަ ހޯދީ ޗައިނީސް ޓައިޕޭގެ ޖޯން ޖޯން އެވެ. 

މި މުބާރާތުގައި މިއަދު ކުރިޔަށް ގެންދިއުމަށް ތާވަލުކޮށްފައި ހުރީ އޯޕެން މެންސް ރައުންޑް 2، އޯޕެން ވުމެންސް ރައުންޑް 2 އަދި ޖޫނިއާ އޯޕެން މެންސް އެވެ. ނަމަވެސް ރާޅުގެ ކޮންޑިޝަނަށް ބަލާ ތާވަލަށް ބަދަލު އަތުވެދާނެކަމަށް އޭއެސްއެފް އިން ވަނީ ބުނެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0