ޑައިމަންޑް ޖުބްލީ: އެފްއޭއެމުން މެޗު ޓިކެޓު އަގުހެޔޮ ކޮށްފި
މާލޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބްލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތަކަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުކުރުމަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މެޗު ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
އެފްއޭއެމުން ގެނައި މި ބަދަލާއެކު، ކުރިން 100 ރުފިޔާއަށް ވިއްކަމުންދިޔަ ސިޑިބަރީގެ ޓިކެޓެއް މިހާރު ލިބޭނީ 50 ރުފިޔާއަށެވެ. އަދި ކުރިން 200 ރުފިޔާއަށް ވިއްކި ގޮނޑިބަރީގެ ޓިކެޓުގެ އަގު ވަނީ 100 ރުފިޔާއަށް ކުޑަކޮށްފައެވެ. މިއީ މުބާރާޓުގެ ފޯރި ގަދަކޮށް، ވީހާވެސް ގިނަ ބަޔަކަށް ދަނޑަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަށް ވަތް މީހުންގެ އަދަދު ވަރަށް މަދެވެ. ގަލޮޅު ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެ މެޗުގައި، އާންމުކޮށް ފުރޭ މަޖީދީ މަގާވީ ފަޅީގެ ގޮނޑިބަރިވެސް އެއްކޮށް ފުރިފައެއް ނުވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ބައްދަލުކޮށް ރާއްޖެ ވަނީ 1-0 އިން ބަލިވެފައެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.






ރިއެކްޓް