ކުޅިވަރު

އާޔާ، ރިޝްތާަ އަދި ޝާޒް ވެސް ރައުންޑް 2 އަށް

އޮގަސްޓް 6, 2025 - 08:00
 0
އާޔާ، ރިޝްތާަ އަދި ޝާޒް ވެސް ރައުންޑް 2 އަށް
ހީޓު ނިންމުމަށްފަހު ރިޝްތާ އުފާފާޅުކުރަނީ. ފޮޓޯ: ސިޑިބަރި

އިންޑިއާގެ ތަމިލް ނާޑޫގައި މިހާރު ކުރިޔަށްދާ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ އޯޕެންސް ވުމެން ބައިގެ ރައުންޑެ 2 އަށް ރާއްޖޭގެ 3 އަންހެން ސާފަރުން ކަމުގައިވާ ރާހިލް ނަސީމް (އާޔާ)، ރިޝްތާ ސުޖާ (ރިޝް) އަދި ޝާޒިޔާ ސައީދު (ޝާޒް) ގޮއްސި އެވެ.

އިއްޔެ ކުރިޔަށްދިޔަ އޯޕެން ވުމެންސް ރައުންޑް 1 ގެ ހީޓު 2 ގައި އާޔާ ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 1.33 ގެ ސްކޯއެއް ހޯދާ ހީޓުގެ 2 ވަނަ ހޯދާފަ އެވެ. މި ރައުންޑުގެ ހީޓު 9 ގައި ރިޝް ވަނީ ޖުމްލަ 1.47 ގެ ސްކޯއެއް ހޯދާފަ އެވެ. މި ހީޓުގައި ވާދަކުރީ ދެ ބައިވެރިންނެވެ. ޖެހިގެން އޮތް 10 ގައި ޝާޒް ވަނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 2.46 ގެ ސްކޯއެއް ހޯދާފަ އެވެ. ޝާޒް ދިޔައީ ހީޓުގެ 3 ވަނަ އަށެވެ. 

ރާޅުތަށް މަދުން ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ އަންހެން ސާފަރުން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ.

މުބާރާތުގައި މިއަދު ކުރިޔަށްދާނީ ޖޫނިއާ ފިރިހެން ހީޓުތަކެވެ. މި ބައިގެ ރައުންޑް 1 ގައި ރާއްޖޭގެ 3 ސާފަރުން ރާޅާ އަޅާނެ އެވެ. ނަމަވެސް ރާޅުގެ ކޮންޑިޝަނަށް ބަލާ އިތުރު ހީޓުތަކެއް ކުރިޔަށް ގެންދިޔުމަށް އިންތިޒާމްކުރާ ފަރާތްތަކުން ނިންމަފާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0