ބައިނަލްއަގްވާމީ 7 މެޑަލާއި އެކު ރިވައިވަލް ޓީމް ރާއްޖެ އައިއްސި

މެލޭޝިއާގައި ކުރިއައް ދިޔަ އެމްބީއޭ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް 3 ގޯލްޑް މެޑަލާއި، 1 ރިހި މެޑަލް އަދި 3 ބްރޯންޒް މެޑަލް ކާމިޔާބު ކުރުމަށްފަހު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޓީމު ރާއްޖެ އަތުވެއްޖެ އެވެ. ޓީމު ރާއްޖެ އައުމުން މަރުހަބާ ދެންނެވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު އެވެ.
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައި ރިވައިވަލް އާއި އެކު ރާއްޖޭގެ ގައުމީ ސްކޮޑްގެ ގިނަ ކުޅުންތެރިންވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެފައ ވަނީ:
ފިރިހެން:
ޒަޔާން ޒަކީ
ނިބާލް އަހުމަދު
ހަސަން ޒަޔާން މުހައްމަދު
އަންހެން:
އާމިނަތު ނަބީހާ
ފާތުމަތު ނަބާހާ
މި މުބާރާތުގެ އަންހެން ޑަބަލްސް އަދި ފިރިހެން ޑަބަލްްސް ގެ ގޯލްޑް މެޑަލް ކާމިޔާބުކުރީ ނަބާ އާއި ނަބީގެ ޕެއާ އަދި ނިބާލް އާއި ޒަޔާން ޒަކީ ގެ ޕެއާ އެވެ. އަދި މީގެ އިތުރުން މިކްސް ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނަބާ ގެ ޕެއާ ވަނީ ގޯލްޑް ކާމިޔާބުކޮށްފަ އެވެ. އަންހެން ސިންގަލްސްގައި ނަބާ ރިހި މެޑަލް ހޯދި އިރު، އަންހެން ސިންގަލްސް ގެ ލޯ މެޑަލް ހޯދީ ނަބީ އެވެ. މީގެ އިތުރުން މިކްސް ޑަބަލްސްގެ ލޯ މެޑަލް ނަބީ އާއި ނިބާލްގެ ޕެއާ ވަނީ ހޯދާފަ އެވެ. އަދި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ލޯ މެޑަލް ކާމިޔާބުކުރީ ނިބާލް އެވެ.
ރާއްޖެ ސަސްޕެންޑް ކޮށްފައިވާ ހާލަތެއްގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތްތަކުން ގައުމީ ސްކޮޑްގެ ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ލިބުމަކީ އެއް ލެވެލެއްގައި ކުޅުން ދަމަހައްޓަން ވަރަށް މުހިންމު ކަމެއްކަމަށް ގިނަ ކުޅުންތެރިން ދެކެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ގައުމީ ލެވެލްގެ ބެޑްމިންޓަން މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގަ އެވެ.
ރިއެކްޓް



