ޚަބަރު

ގޮއިދޫ ފަޅުހިއްކުމުން ފަރުތަކަށް އިއާދަނުކުރެވޭނެ ގެއްލުން ވާނެ: ކޮރަލް އިންސްޓިޓިއުޓް

އޮގަސްޓް 20, 2025 - 15:17
އޮގަސްޓް 20, 2025 - 15:43
 0
ގޮއިދޫ ފަޅުހިއްކުމުން ފަރުތަކަށް އިއާދަނުކުރެވޭނެ ގެއްލުން ވާނެ: ކޮރަލް އިންސްޓިޓިއުޓް
ފޮޓޯ: އެމްސީއައި

ގޮއިދޫގެ ފަޅު ހިއްކުމުން އިއާދަ ނުކުރެވޭ ގެއްލުން އެ ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ވާނެ ކަމުގައި މޯލްޑިވްސް ކޯރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން ބުނެފިއެވެ.

އެމްސީއައި އިން ބުނި ގޮތުގައި ގޮއިދޫ ފަޅުގައި ރިސޯޓު ތަރައްޤީކުރުމަށް ފަޅު ކޮނެ، ބިންހިއްކުމުގެ ސަބަބުން ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މުރަކަ ނިޒާމުތަކުގެ ތެރެއިން އެއް ނިޒާމަށް އަނބުރާއިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެއެވެ.

މޯލްޑިވްސް ކޯރަލް އިންސްޓިޓިއުޓްއިން ނެރުނު ބަޔާނެއްގައި، ފާހަގަކޮށްފައިވާ ގޮތުގައި އެ އަތޮޅުގައި 300 އަހަރާއި 500 އަހަރު ވެފައިވާކަމަށް ލަފާކުރެވޭ ބޮޑެތި މުރަކަތައް އެބަހުއްޓެވެ. އަދި މި މުރަކަތަކަކީ ހުދުވުމާއި އިންތިހާއަށް ހޫނުވުމުގެ ސަބަބުން އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަތްވެފައިވާ މުރަކަތަކެއް ކަމަށާއި މި މުރަކަތަކުގެ ތެރެއިން ބައެއް މުރަކަތަކުގެ ވަށަމިނުގައި 37 މީޓަރު ހުރިކަން އެމްސީއައިގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސާރވޭތަކުން ދައްކާގޮތުގައި މި ސަރަހައްދުގައި ދިރޭ މުރަކަތަކުގެ ނިސްބަތް 50-80 އިންސައްތައަށް އަރައެވެ. މީގެ ތެރެއިން ރާއްޖޭގައި ހުރި ހުރިހާ މުރަކައިގެ ބާވަތްތަކުގެ ދެބައިކުޅަ އެއްބައި ހިމެނެއެވެ

އެމްސީއައިގެ ބަޔާނުގައި ފަޅު ކޮނުމުގެ މަޝްރޫޢުތަކުން ފަރުތަކަށް ގެއްލުން ލިބި، ޓޫރިޒަމަށް އަސަރުކުރާނެކަމަށް ވަނީ އިންޒާރުދީފައެވެ. އަދި އޭގެ ބަދަލުގައި އަތޮޅުގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، މަތީ ފަންތީގެ އީކޯ-ޓޫރިޒަމް އަދި ގޮނޑުދޮށްތައް ހިމެނޭ ތިމާވެށި ދެމެހެއްޓޭނެ ތަރައްޤީއަށް އިސްކަންދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0