ޚަބަރު

މީޑިއާ ބިލު ދިރާސާކުރަން ފުރުސަތުދީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމާލައިފި

އޮގަސްޓް 19, 2025 - 11:43
 0
މީޑިއާ ބިލު ދިރާސާކުރަން ފުރުސަތުދީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރަައްޔިތުންގެ މަޖިލީސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދިރާސާކުރުމަށް ފުރުސަތު ދިނުމަށްފަހު ދައުރުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ހުރިހާ މެންބަރުންވެސް މި ބިލަށް ބަހުސްކުރައްވަން ބޭނުންފުޅުވާކަމަށް ރިޔާސަތަށް ދަންނަވާފައިވާ ކަމަށާއި ބައެއް މެންބަރުންގެ ވާހަކަފުޅުގައި މި ބިލު އިތުރަށް ދިރާސާކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައިވާތީ މި ބިލު އިތުރަށް ދިރާސާ ކުރުމަށް މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބަހުސް މިއަދަށް ނިންމަވާލެއްވީ ކަމަށެވެ. އަދި 

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދައުރުގައި ޖުމްލަ 27 ޖަލްސާ ބޭއްވުނު އިރު، މި ޖަލްސާތަކަށް 46 ގަޑިއިރުގެ ވަގުތު ހޭދަކުރެވިފައިވެއެވެ. އަދި މި ދައުރުގައި މަޖިލީހުގެ ކޮމިޓީތަކުގެ 127 ބައްދަލުވުން ބޭއްވި، ކޮމިޓީތަކުގެ މަސައްކަތްތަކަށް 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރެވިފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ދައުރުގައި ފާސްކުރެވުނު މުހިންމު ބިލުތައް

މި ދައުރުގައި ޖުމްލަ 7 ބިލެއް ވަނީ ފާސްކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ:

• ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ބިލު
• އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ބިލު
• ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނެވުނު ބިލު
• މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
• އިންޝުއަރެންސް ބިލު
• ގައުމީ ޕޭމަންޓް ސިސްޓަމުގެ ބިލު

• ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ރައްޔިތުންގެ މަހިލީހުގެ މި ނިމުނު ދައުރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0