ޚަބަރު

މަޖިލީހުން ކަރަންޓު ކެނޑި, ޖަލްސާތައް މެދުކަނޑާލައިފި

އޮގަސްޓް 18, 2025 - 10:58
 0
މަޖިލީހުން ކަރަންޓު ކެނޑި, ޖަލްސާތައް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގައި ކަރަންޓުގެ މައްސަލައެއް ދިމާވުމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ. 

މި މައްސަލަ ދިމާވީ އިންޝުއަރެންސް ބިލަށް މެންބަރުން ބަހުސްކުރަމުން ދަނިކޮށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލި 6 ފަރާތެއްގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްވެސް ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، ކަރަންޓުގެ މައްސަލަ ހައްލުވެއްޖެނަމަ މިއަދު 9:45 ގައި ޖަލްސާ އަލުން ފެށޭނެއެވެ.

މަޖިލީހުގެ ޖަލްސާތަކުގައި މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ ކުރިންވެސް ދިމާވެފައިވާ އިރު މިފަދަ ހާލަތްތަކުގައި އާންމު އުސޫލެއްގެ ގޮތުން މައްސަލަ ހައްލުވުމުން ޖަލްސާ އަލުން ފަށައި، ހުއްޓުނު ހިސާބުން ކުރިއަށް ގެންދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0