ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޮގަސްޓް 14, 2025 - 20:02
 0
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުނުވެ ހުރި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.

ފުލުހުން މިހާރު ހޯދަމުންދަނީ ހ. ގާރޑްންބިޔުޓީ / މާލެ، އަޙްމަދު ނައުފަލް (29އ) އެވެ. އޭނާ ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރުމުންވެސް ހާޒިރުނުވެ ހުރުމާ ގުޅިގެންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އަޙްމަދު ނައުފަލް ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 18 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވެއެވެ.

އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0