ޚަބަރު

ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

އޮގަސްޓް 14, 2025 - 09:30
 0
ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަރަވަންދޫ ކައުންސިލާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބ. ދަރަވަންދޫގައި 30 އެނދުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިކަން ހާމަކުރެއްވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން "މިހާރު މިހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް އިތުރު އެނދުތަކާއި އިތުރު ވަސީލަތްތައް ހިމަނޭ ގޮތަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދަރަވަންދޫގައި 30 އެނދުގެ ސިއްހީ މަރުކަޒެއް ނޫނީ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ދަރަވަންދޫގައި ހޮސްޕިޓަލެއް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދަރަވަންދޫއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ރަށަކަށް ވެފައި، އެއާޕޯޓު އޮންނަ ރަށަކަށް ވާތީ، އެ ރަށަށް ޒިޔާރަތްކުރާ އެކި ދާއިރާގެ މީހުންނަށް ފަސޭހަ ކޮށްދިނުމަށް ވެސް ހޮސްޕިޓަލެއް ހުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެރަށުގައި ޑައިލިސިސް އަދި އެކްސްރޭގެ ހިދުމަތް ދާދި އަވަހަށް ފެށިގެންދާނެ ކަމުގެ އުފާވެރި ހަބަރު ވެސް ރައީސް ދެއްވިއެވެ.

ޑައިލިސިސް ހިދުމަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ޑަޢިލިސިސް މެޝިންތައް ދަރަވަންދޫއަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި ދާދި އަވަހަށް އެ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހޮސްޕިޓަލް އެޅުމާއި އިތުރު ސިއްހީ ހިދުމަތްތައް ފެށުމުގެ ހަބަރާއެކު ދަރަވަންދޫ ރައްޔިތުން ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0