މާލޭގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
މާލޭގެ މާފަންނު, ހެންވޭރު އަދި ގަލޮޅުގެ ސަރަހައްދުތަކާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑިފައިވާކަމަށް "ވިރާސީ" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ސްޓެލްކޯ އިން މީޑިއާތަކަށް މަޢުލޫމާތި ދެމުން ބުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން" މިފަދައިންނެވެ.
މި ދެންނެވި ފަދަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މީގެ 5 ދުވަސް ކުރިންވެސް ވަނީ މުޅި މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައެވެ.
ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން އަގު ބޮޑެތި އިލެކްޓްރޯނިކްސްތަކަށް ގެއްލުން ލިބޭ ކަމަށް މީގެ ކުރިންވެސް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ.
ރިއެކްޓް



