ޚަބަރު

ކައްދޫ އެކްސިޑެންޓާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

އޮގަސްޓް 16, 2025 - 20:21
 0
ކައްދޫ އެކްސިޑެންޓާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 19:18 ހާއިރު، ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދިއުމަށް މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ޒެބްރާ ކްރޮސިންގއިން މަގު ހުރަސްކުރަމުންދިޔަ ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0