ޚަބަރު

ކައްދޫގައި މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި އަންހެންމީހާ ނިޔާވެއް

އޮގަސްޓް 16, 2025 - 09:00
 0
ކައްދޫގައި މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި އަންހެންމީހާ ނިޔާވެއް

ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް، ކަފިހިހުރަސް މަތިން މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއްގެ މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:18 ހާއިރުގައެވެ. އެއީ ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއަރޕޯޓަށް ދިއުމަށް މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ޖެހުމުންނެވެ.

މި އެކްސިޑެންޓްގައި މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަން ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ކުރިއަށް ގެންދާކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ. އަދި މި އެކްސިޑެންޓްގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0