އިނގުރައިދޫ އާއި ދުވާފަރުގެ ފުޓްސަލް މެޗު ހޫނުވެ ސަޕޯޓަރުން މާރާމާރީ ހިންގައިފި

ދުވާފަރާއި އިނގުރައިދޫ ކުޅުނު ފުޓްސަލް މެޗެއްގައި މަސްލަހަތު ގެއްލި ސަޕޯޓަރުންގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.
ރަސްމާދޫގައި އިންތިޒާމުކުރެވިގެން ކުރިއަށްދިޔަ "އަރުތަ" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ނިމެން މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ހިނގައިދިޔަ މި ހަމަނުޖެހުމުގައި ދުވާފަރުގެ ކުޅުންތެރިއަކަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު. ގައި ފަދަ އެއްޗިހި އުކާތަން ފެނެއެވެ. އަދި ބައެއް އެއްޗިހި ފުލުހުންނާއި ދިމާލަށް އުކާތަން ވެސް ފެނެއެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ވިރާސީ" އަށް މަޢުލޫމާތު ދެމުން ބުނީ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވަނީ ދުވާފަރުގެ ސަޕޯޓަރުންނެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި ދުވާފަރު ޓީމުގެ ކުޅުންތެރިއެއްގެ މޫނުމަތީގައި ގަލަކުން ޖެހި އަނިޔާވެފައިވެއެވެ.
"މެޗު ނިމެން 18 ވަރަކަށް ސިކުންތު އޮއްވައި ހަމަނުޖެހުން އުފެދުނީ. އޭރު ސްކޯރ އަކީ އިނގުރައިދޫ 4, ދުވާފަރު 2. ތަޅައިގަތީ ދުވާފަރު ސަޕޯޓަރުން. ޕޮލިހުން އައިސް މަތަކުރަން އުޅެގެން އެކަމެއް އަދިވެސް ވާގޮތެއް ނުވޭ. އެއްވެސް ކުޅުންތެރިއަކު މިިކަމުގަ ބައިވެރިވެގެން އުޅުނު ތަނެެއް ނުދެކެން." އެސަރަހައްދުގައި ހުރި މީހަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުންޏެވެ.
އެމީހާ އިތުރަށް ކިޔައިދިން ގޮތުގައި ސަޕޯޓަރުން ހަމަޖައްސައި މަސްލަހަތު ގާއިމުކުރަން ރަސްމާދޫގައި މުބާރާތް އިންތިޒާމުކުރި ފަރާތުންެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ މި ދެ ޓީމުގެ ދެމެދުގައި އަލަށް ހިނގައިގެން އުޅޭ ހަމަނުޖެހުމެއް ނޫނެވެ. މީގެ ކުރިން އުނގޫފާރުގައި ބޭއްވުނު މުބާރާތުގައިވެސް ހަމަ މި ދެޓީމު ކުޅުނު މެޗުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވެއެވެ.
މި ހިނގައިދިޔަ މާރާމާރީގައި އެކަކު ހައްޔަރުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ރިއެކްޓް



