ޚަބަރު , ވިޔަފާރި

ދުވަސްކޮޅަކުން ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާނެ: ރައީސް ޔާމީން

22 ޖޫން 2026 - 12:44
ދުވަސްކޮޅަކުން ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާނެ: ރައީސް ޔާމީން

ދުވަސްތަކެއް ނުވެ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާނެ ކަމަށާއި، އޭގެ ހުރިހާ ތަކްލީފެއް އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ހާލަތުގައި ކުރިއަށްދާނަމަ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި ރާއްޖެއަކީ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު މަތިވުމުން ތަކެތީގެ އަގުތައް ބޮޑުނުވެ ނުހުންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތަކެތީގެ އަގު ބޮޑުނުވާނެ ކަމަށް ބުނަމުންދާ ދިއުމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު ދިވެހި ރުފިޔާއާ އަޅާބަލާއިރު މިހާރު މިއޮތް މިންވަރަށް ބޮޑުވުމުން އޭގެ ތަކްލީފު ރައްޔިތުން އުފުލަން ޖެހުން އޮތީ ދުރުގައި ނޫން ކަމަށެވެ. މިހާރު ކަންކަންދާ މަގުން ދާނަމަ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އެރުމަކީ ގާތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 19 ރުފިޔާއިން މަތީގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1