ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް 9 ބޭފުޅަކު ކުރިމަތިލައިފި

އޮގަސްޓް 13, 2025 - 11:45
 0
ހައިކޯޓުގެ ފަނޑިޔާރު ކަމަށް 9 ބޭފުޅަކު ކުރިމަތިލައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން މިއަދުގެ ނިޔަލަށް 9 ބޭފުޅަކު ވަނީ އެ މަޤާމަށް ކުރިމަތިލައްވާފައެވެ. މި ފުރުސަތު ހުޅުވާލީ ކުރިން އެ މަޤާމަށް އައްޔަންކުރަން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު، އެޕްލިކޭޝަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިބްރާހިމް ނާސިހު (ޅ. ކުރެންދޫ، ލަކީ)، އިބްރާހިމް މާހިރު (ރ. އަލިފުށި، މެޑޯސް)، އަދި ސުލައިމާން މުހައްމަދު (ޅ. ކުރެންދޫ، ނޫރާނީގެ) ހިމެނެއެވެ.

މީގެއިތުރުން ހަސަން ފަހީމް އިބްރާހިމް (ހދ. މަކުނުދޫ، ޕިކަޑިލީ)، އުއްމު ކުލްސޫމް އަބޫބަކުރު (ބ. ހިތާދޫ، ރަނައުރާގެ)، އަލީ ނަސީރު (ބ. ކިހާދޫ، ގާޑެނިޔާ ވިލާ)، މުހައްމަދު އިބްރާހިމް (ގއ. ކޮނޑޭ، ދާރުއްސަލާމް)، މުހައްމަދު ޒާހިދު (ރ. ހުޅުދުއްފާރު، އިލާޒާ)، އަދި އަޝްފާގު ނައީމް (ފ. ނިލަންދޫ، ބީޗް ސައިޑް) ވެސް ވަނީ މި މަޤާމަށް ކުރިމަތިލައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރިން މި މަޤާމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދުގެ ނަން ހުށަހެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވުމާ ގުޅިގެން، އޭނާ ވަނީ އެޕްލިކޭޝަން އަނބުރާ ގެންގޮސް ފަނޑިޔާރުކަމާ ހަވާލުވާން ބޭނުންނޫން ކަމަށް ޖޭއެސްސީއަށް އަންގާފައެވެ.

ޖޭއެސްސީން މިހާރު ކުރިއަށް ގެންދާނީ ކުރިމަތިލައްވާފައިވާ 9 ބޭފުޅުންގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ މަސައްކަތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0