ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ހުޅުމާލެ ފޭސް އެކެއްގައި ހިނގާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ފަރާތެއް ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ތަހުގީގަށް ހާޒިރުކުރަން ބޭނުންވަނީ މ. ރިހިވިދުވަރުގެ / މާލެ، އަސްޢަދު ޢަލީ (31 އަހަރު) އެވެ. އޭނާގެ އައިޑީ ކާޑު ނަންބަރަކީ A383791 އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، އަސްޢަދު ޢަލީ މިވަގުތު އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވިގެން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި އިއުލާނު ކުރަނީއެވެ.
އަސްޢަދު ޢަލީ ހާޒިރުވާން އަންގާފައިވަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ. އަދި ހާޒިރުވާން އަންގާފައިވަނީ 2025 އޮގަސްޓް 17 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް



