ޚަބަރު

ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

އޮގަސްޓް 9, 2025 - 20:45
 0
ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ
ފޮޓޯ: ވިރާސީ

ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ އިބްތިދާއީ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ. މިކަމާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ މެންދުރު 12:45 ހާއިރުއެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މުޅި މާލެ ސަރަހައްދަށް ކަރަންޓު އަނބުރާ ލިބުނީ އިރުއޮއްސި 18:33 ގައެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މައްސަލައިގެ އިބްތިދާއީ ހޯދުންތަކާއި މަޢުލޫމާތު އެއްކުރެވި، އެ މަޢުލޫމާތަށް ބަލައި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާ ކަމަށާއި ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކުރާނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0