ޚަބަރު

ގެއްލިގެން ހޯދާ މީހާ ދުއްވި ޑިންގީގެ ނަގިލި ފެނިއްޖެ

ޖުލައި 11, 2025 - 14:20
ޖުލައި 12, 2025 - 12:48
 0
ގެއްލިގެން ހޯދާ މީހާ ދުއްވި ޑިންގީގެ ނަގިލި ފެނިއްޖެ
ގެއްލުނު ޑިންގީގެ ނަގިލި. ކަނޑައިގެން ގޮއްސަ ހުރި ކަމުގެ ނިޝާނެއް ނެތް.

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް އިއްޔެ ހެނދުނު ދިޔަ، ގދ. ގައްދޫ ކޯޒީރައުންޑް ޒަކަރިއްޔާ މުޙައްމަދު (ތުއްތުބޭ) ދުއްވަމުން ދިޔަ ޑިންގީގެ ނަގިލި ކަމަށް ބެލެވޭ ނަގިލި ފެނިއްޖެއެވެ. 

ނަގިލި ކަނޑައިގެން ގޮއްސަ ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން، ނަގިލި ވަނީ އެއްކޮށް ޑިންގީ އިން ދޫވެގެން ގޮސްފައިކަމަށް ބެލެވެއެވެ.

ގދ. ގަމުގެ "ވަޅެގަނޑާ" ދިމާލުން ޑިންގީގެ ފައިބަރު ކޮޅެއްވެސް ފެނިފައި ވާކަމުގެ މައުލޫމާތު "ވިރާސީ" އަށް ވަނީ ލިބިފައެވެ. އަދި ފައިބަރު ކޮޅު އާ ކަމަށް ބެލެވޭ ކަމަށާއި، އެ ޑިންގީ މާ ގިނަ ދުވަހު ކަނޑުމަތީގައި ހޭދަކޮށްފައިވާ ކަމަަކަށް ނުބެލޭވަަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ތުއްތުބޭ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ އިއްޔެ ހަވީރު 17:05 ހާއިރުއެވެ. އެއާއެކު، ކޯސްޓްގާޑާއި ގައްދޫ ކައިރީ އޮންނަ އަޔާޑާ މޯލްޑިވްސް ލޯންޗްތަކުގެ އެހީގައި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

ޒަކަރިއްޔާ މުޙައްމަދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާނަމަ 7791755 ނުވަތަ 7211233 އާި ގުޅުއްވުމަށް ގައްދޫ ކައުންސިލުން އިލްތިމާސްކުރައްވައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0