ޚަބަރު

ކުޑަރަށް ރިސޯޓުގައި ރޯވި އަލިފާން ނިއްވާލައިފި

އޮގަސްޓް 11, 2025 - 18:56
 0
ކުޑަރަށް ރިސޯޓުގައި ރޯވި އަލިފާން ނިއްވާލައިފި
ފޮޓޯ: އެމްއެންޑީއެފް

އދ. އަތޮޅުގައި ހުންނަ އެން.އެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި މިއަދު ރޯވި އަލިފާން މިހާރުވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އަލިފާން ރޯވެ، އިންވެގެން ހުރި ވިލާތަކަށްވެސް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުންގެ އިތުރުން، ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތައްވެސް ބައިވެރިވެފައިވެއެވެ.

މީގެއިތުރުން، އެމްއެންޑީއެފް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއްވެސް މި ހާދިސާގައި އެހީތެރިވުމަށް ރިސޯޓަށް ގޮސްފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ވޯޓަރ ވިލާއާއި އިންވެގެން ހުރި ވިލާތަކުގައިވެސް އަލިފާން ރޯވެފައިވެއެވެ.

މި ވަގުތާ ހަމައަށް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ނޫންކަންވެސް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0