ޚަބަރު

މެދުޒިޔާރަތް މަގު އަލުން ހުޅުވާލުމަށް މާލެސިޓީ ކައުންސިލުން ވިސްނަނީ

އޮގަސްޓް 13, 2025 - 20:18
އޮގަސްޓް 13, 2025 - 20:28
 0
މެދުޒިޔާރަތް މަގު އަލުން ހުޅުވާލުމަށް މާލެސިޓީ ކައުންސިލުން ވިސްނަނީ
މެދު ޒިޔާރަތްމަގު މީގެ 10 ވަރަކަށް އަހަރު ކުރިން -- ފޮޓޯ: ސޯޝަލްމީޑިއާ

ސަލްޓަންޕާކުގެ ކައިރީ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި، މެދުޒިޔާރަތް މަގު އަލުން ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލުން ވިސްނަން ފަށައިފިއެވެ.

މެދު ޒިޔާރަތްމަގު ހުލުވުމަށް ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.

މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގާއި، ލިލީ މަގާއި އަދި އަމީރު އަހުމަދު މަގަށް ވެސް އޭގެ ފައިދާ ކުރާނެކަމަށެވެ.

މި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުރި، އަދި ސަލްޓަން ޕާކް ވެސް ހިމެނޭ މާލޭގެ އެންމެ ޓްރެފިކް ބޮޑު އެއް ސަރަހައްދެވެ. އެހެންކަމުން މި މަގު ހުޅުވާލުމަކީ މި ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ގިނަ ރައްޔިތުން ދެކޭކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މެދުޒިޔާރަތް މަގުގެ އިސްލާމީ މަރުކަޒު ކުރިމަތީ ސަރަހައްދު ވެހިކަލްތަކަށް ބަންދުކޮށް، އެ ސަރަހައްދުގައި ޓައިލްސް އެޅުމުގެ މަސައްކަތް ކުރެވިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މިހާރު މި މަގު އަލުން ހުޅުވާލުމަށް ކައުންސިލުން ނިންމަވާފައިވަނީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0