ޚަބަރު

ހުޅުމާލޭގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ވޭޕް ފްލޭވާ އަތުލައިގަނެފި

އޮގަސްޓް 8, 2025 - 11:00
 0
ހުޅުމާލޭގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ވޭޕް ފްލޭވާ އަތުލައިގަނެފި
ފޮޓޯ: ފުލުހުން

ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މިމަހުގެ 7 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅުނު ގެވެށި އަަނިޔާގެ މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓް އެޕާޓްމަންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

އެ އެޕާޓްމަންޓުން ފެނުނު ވޭޕް ފްލޭވާ ފުޅިތަކުގެ އަދަދު 242 އަށް އަރާކަމަށް ފުލުހުން ބުނެފައިވެއެވެ. މި ފުޅިތަކުގެ މާކެޓުގެ އަގު އެއްލަަައްކަ ދިވެހި ރުފިޔާއާއި ގާތްކުރާނެއެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މި މައްސަލަ އެ އިދާރާއިން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0