ޚަބަރު

މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

އޮގަސްޓް 7, 2025 - 18:47
 0
މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ލ. ގަން / ތުނޑި ފައިވްސްޓާ، އަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، އަލީ އައުފާން (20އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ.

މި މައްސަލައިގައި ފުލުހުން ހޯދުންތަކުގެ ތެރޭގައި، އެ މީހުން ދުއްވި ސައިކަލު ޓޯކޮށް، އަދި އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 17.06 ގުރާމުގެ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެޗެއްހުރި 500 އެމްއެލްގެ 18 ފުޅި އާއި ފަސް ލީޓަރުގެ ފުޅިއެއް އަދި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0