ޚަބަރު

މިއަދުން ފެށިގެން ފްލައިޓުގައި ލައިޓަރު ގެންދެވޭނެ

އޮގަސްޓް 6, 2025 - 09:00
އޮގަސްޓް 6, 2025 - 03:15
 0
މިއަދުން ފެށިގެން ފްލައިޓުގައި ލައިޓަރު ގެންދެވޭނެ
ލައިޓަރުތަކެއް -- ފޮޓޯ: ގޫގުލް

މަދަނީ އުދުހުންތަކުގައި ފަސިންޖަރުންނަށް ލައިޓަރު ގެންދެވޭނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ދިފާޢީ ވުޒާރާއިން ރާއްޖޭގެ ލޯކަލް އެއާކްރާފްޓް އޮޕަރޭޓަރުންނާއި އެއާޕޯޓް އޮޕަރޭޓަރުންނަށް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ފޮނުވި ސަރކިއުލާއެއްގައި ބުނެފައިވަނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އުސޫލުތަކުގައި ބުނާ ގޮތުން ކޮންމެ ފަސިންޖަރަކަށްވެސް އޭނާގެ އަތުގައި ނުވަތަ އަންނައުނުގެ ޖީބުގައި 01 ލައިޓަރު މަދަނީ ވައިގެ އުޅަނދުތަކަށް އެރުވުން ހުއްދަ ވާނެކަމަށެވެ.

"NCASP ގެ "ޕްރޮހިބިޓެޑް އައިޓަމްސް ލިސްޓް" އެޕެންޑިކްސް 4 އާއި "ICAO ޓެކްނިކަލް އިންސްޓްރަކްޝަން ފޮރ ސޭފް ޓްރާންސްޕޯޓް އޮފް ޑޭންޖަރަސް ގުޑްސް ބައި އެއަރ 9284 DOC" އާއި IATA ޑޭންޖަރަސް ގުޑްސް ރެގިއުލޭޝަންސްގައިވާ ގޮތުން DGR އައިޓަމެއްގެ ގޮތުގައި ނުހިމެނޭ ލައިޓަރު ތަކުގެ ތެރެއިން 01 ލައިޓަރު ކޮންމެ ފަސިންޖަރަކަށްވެސް އޭނާގެ އަތުގައި ނުވަތަ އަންނައުނުގެ ޖީބުގއި ވައިގެ އުޅަނދަށް އެރުވުމަކީ މަނާ ކަމެއް ނޫން ކަމުގައި ކަނޑައަޅާފައިވެއެވެ." ދިފާޢީ ވުޒާރާގެ ސަރކިއުލާގައި ބުނެފައިވެއެވެ.

ނަމަވެސް އެއާކްރާފްޓް އޮޕަރޭޓަރަކު ފްލައިޓަށް ލައިޓަރު އެރުވުން މަނާކުރަން ޖެހިއްޖެނަމަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކަން ކުރާނެ އިންތިޒާމު ހަމަޖައްސަވަން ޖެހޭނެ ކަމަށްވެސް ސަރކިއުލާގައި ވެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެރެއްޖެ ނަމަ ދިފާޢީ ވުޒާރާއަށް ލިޔުމުން ހުށަހަޅަން ޖެހޭނެކަމަށްވެސސް ބުނެފައިވެއެވެ.

ފާއިތުވީ ދުވަސްތަކުގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ގެންދިއުމަށް އޭވިއޭޝަން ސެކިއުރިޓީން ހުއްދައެއް ނުދެއެވެ. ނަމަވެސް ވީއައިޕީގައި ދަތުރުކުރާ ބައެއް ފަރާތްތަކަށް ލައިޓަރު ގެންދިއުމުގެ ހުއްދަ ބައެއް ފަހަރު ދޭކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0