ޚަބަރު

އައިޖީއެމްއެޗް އައިނު ފިހާރައިން ނުވަ ދުވަސް ތެރޭ 131 އައިނު ދޫކޮށްފި

އޮގަސްޓް 5, 2025 - 17:26
 0
އައިޖީއެމްއެޗް އައިނު ފިހާރައިން ނުވަ ދުވަސް ތެރޭ 131 އައިނު ދޫކޮށްފި
ފޮޓޯ: ވިރާސީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކޮށްފައިވާ އެމްސީޖީއެޗް އޮޕްޓިކަލްސް އިން ޚިދުމަތްދޭން ފެށިތާ 9 ދުވަސް ތެރޭ 131 އަށްވުރެ ގިނަ ފަރާތަށް އައިނު ދޫކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޚިދުމަތް ހޯދުމަށް މިހާތަނަށް 1،267 ފަރާތަކުން ވަނީ އެދިފައެވެ. އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. ،މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތް ފެށުމުގެ ކުރިން، މޭ 31 ވަނަ ދުވަހު ރައީސް ޑރ. މުޢިއްޒު ވަނީ އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނެ ކަމަށް އިޢުލާންކުރައްވާފައެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް ޤާއިމުކޮށް ޚިދުމަތް ދިނުމަށް ފަށާފައިވަނީ ރައީސް އެކަން އިޢުލާން ކުރިތާ 2 މަސްދުވަހުގެ ތެރޭގައެވެ. މި ތަނުން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

މި ޚިދުމަތް ފެށުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން މި ޚިދުމަތް ހޯދުމަށް ކުރިމަތިލާފައިވުމަކީ، މި ފަދަ ޚިދުމަތެއްގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމުގައި އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0