ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ދަނީ ހޯދަމުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލިފައިވަނީ ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15 އަހަރު) އެވެ. އޭނާ ގެއްލިފައިވާކަން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، މިހާރު ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އާއިލާއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޚަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަށްހާއިރުއެވެ. އޭނާ ގެއިން ނުކުތްއިރު ލައިގެން ހުރީ ވިލުނޫކުލައިގެ އަތްކުރު ޓީޝާޓަކާއި ފެހިކުލައިގެ ސައިޑްޕޮކެޓް ޓްރެކް ބޮޓަމެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ، ނައިފަރު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ދަނީ އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ރިއެކްޓް



