ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުނުކުރެވި ހުރި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކުރެވިފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދުމަށް އިޢުލާންކޮށްފައިވަނީ ގދ. ތިނަދޫ / ދޫރަފިޝް، އިބްރާހީމް ހާރޫން (60 އަހަރު) އެވެ. އޭނާ ހޯދަން މި ޖެހުނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރުމުންވެސް ހާޒިރުނުވެ ހުރުމާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން އިބްރާހީމް ހާރޫން ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 7 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.
ފުލުހުން ވަނީ އިބްރާހީމް ހާރޫންއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
ރިއެކްޓް



