ޚަބަރު

ސޯޝަލްމީޑިއާގައި ރައީސްއަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

ޖުލައި 31, 2025 - 22:17
 0
ސޯޝަލްމީޑިއާގައި ރައީސްއަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފޭސްބުކްގައި "މަސީޙް މޫސާ" ނަމުގައި ހިންގާ އެކައުންޓަކުން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކެއް ބޭނުންކޮށް، މަރުގެ އިންޒާރު ދީފައިވާ ޕޯސްޓުގެ މައްސަލަ ތަހުޤީޤު ކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައިވާނެކަމަށް ސޯޝަލްމީޑިއާގަ ރައީސް ކުރެއްވި ޕޯސްޓަކަށް "މަސީހް މޫސާ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން މަރުގެ އިންޒާރު ދިނުމުންނެވެ. 

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ ފަދައިން މަރުގެ އަދަބު ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ދިރާސާކުރުމަށް ވަނީ އަންގަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0