ކުޅިވަރު

ލުއިސް ޑިއާޒް ލިވަޕޫލް ދޫކޮށް ބަޔާން އަށް

ޖުލައި 30, 2025 - 18:23
 0
ލުއިސް ޑިއާޒް ލިވަޕޫލް ދޫކޮށް ބަޔާން އަށް
ފޮޓޯ: ބީބީސީ

ލިވަޕޫލް ދޫކޮށް ކޮލަމްބިއާގެ ފޯވަޑް ލުއިސް ޑިއާޒް 4 އަހަރުގެ އެއްބަސްވުމެއްގައި ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.

ޑިއާޒް ބަޔާނަށް ބަދަލުވީ  65.5 މިލިއަން ޔޫރޯއަށެވެ. މީގެ ކުރިން ބަޔާނުން 58.6 މިލިއަން ޔޫރޯ ހުށަހެޅުމުން ލިވަޕޫލުން ވަނީ އެ ބިޑު ބޭރުކޮށްލާފަ އެވެ. ބަޔާނަށް ބަދަލުވުމުގެ ކުރިން ޑިއާޒް ބާސާއަށް ބަދަލުވާން އުޅޭ ކަމަށްވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް ބާސާގެ ބިޑުވެސް ލިވަޕޫލުން ވަނީ ބޭރުކޮށްފަ އެވެ.

ލިވަޕޫލް ދޫކޮށްލުމަށް ނިންމައި ޑިއާޒްގެ އިންސްޓަގްރާމުގައި ލިޔުނު މެސެޖުގައި ވަަނީ ހުރިހާ ސަޕޯޓަރުންނާއި ކްލަބަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޑިިއާޒް ބުނި ގޮތުގައި އެންމެން މަތިންވެސް ހަނދާންވާނެ ކަމަށާއި ވަކިން ހާއްސަކޮށް ޖޮޓާ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް ޑިއާޒް ވަނީ ބުނެފަ އެވެ.

ޕޯޓޯ އިން 2022 އަހަރު ލިވަޕޫލާއި ގުޅުނު ފޯވަޑް ވަނީ އެ ކްލަބަށް 148 މެޗު ކުޅެދީ 41 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އިނގެރޭސި ޕްރިމިއާ ލީގާއި އެކު ޑިއާޒް ވަނީ ލިވަޕޫލާއި އެކު 4 ބޮޑު ހަތަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0