ޚަބަރު

އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

ޖުލައި 29, 2025 - 21:37
 0
އާރްއޭސީއެލްގެ އެމްޑީ މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މި އިސްތިއުފާ ދެއްވާފައިވަނީ އާރްއޭސީއެލް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ.

މުބީންގެ އިސްތިއުފާއާ ގުޅިގެން، އާރްއޭސީއެލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ އޭނާ ކުންފުންޏަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުންފުނީގެ މުވައްޒަފުން ވަނީ މުބީންއަށް ވަކިވެދާނެ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ނިންމުމަށް ވާސިލުވެފައިވަނީ އާރްއޭސީއެލް ހިންގުމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި، އާރްއޭސީއެލް ހިންގުމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑެވެ. މިހާރުގެ ސަރުކާރުން ގެންގުޅޭ އެއް ސިޔާސަތަކީ މިފަދަ ބޮޑެތި ޚަރަދުތައް ހިނގާ ކުންފުނިތައް އެހެން ކުންފުނިތަކާ އެއްކޮށްލައިގެން ޚަރަދުތައް ކުޑަކުރުމެވެ.

އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުން ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަވެ، ހަރުދަނާ އޮނިގަނޑެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0