ޚަބަރު

މަސްތުގެ ހާލަތުގައި ހުރެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ޖުލައި 28, 2025 - 14:46
 0
މަސްތުގެ ހާލަތުގައި ހުރެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

އދ. އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރި މީހަކު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލުމާ ގުޅިގެން ފުލުހުން ވަނީ އެމީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 21:27 ގައެވެ. އެވަގުތު މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް، ހަޑިހުތުރު ބަހުން މުއާމަލާތްކުރުމަށްފަހު، ތަކެއްޗަށް ގެއްލުންދީ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވިނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މިމައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ އެރަށު ސްޓެއްލާ، އަހުމަދު ނާފިއު (32 އަހަރު) ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0