އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި
ލޯންޗެއްގެ އިންޖީނު ހުއްޓި، ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފިއެވެ.
ގދ. އަތޮޅު ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހާލުގައި ޖެހިފައިވަނީ ގދ. ފިޔޯރީން ފުރައިގެން ގދ. ގައްދޫއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ތިބި ބައެކެވެ.
މި ލޯންޗުން ދަތުރުކުރި 6 މީހުން ކަނޑުމަތީގައި ހާލުގައި ޖެހެން މެދުވެރިވީ، އެމީހުން ދަތުރު ކުރި ލޯންޗުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އިންޖީނު ހުއްޓި ލޯންޗު އޮޔާދާން ފެށުމުން، އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ.
ފުލުހުންގެ އެހީތެރިކަމާއެކު މިހާރު އެ ލޯންޗާއި އޭގައި ތިބި މީހުން ވަނީ ރައްކާތެރިކަމާއެކު ރަށަށް ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.






ރިއެކްޓް