ދުނިޔެ , ޚަބަރު

ޖެންޒީ މުޒާހަރާގެ ޕްރެޝަރު ބޮޑުވެ އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދީފި

25 ޖުލައި 2026 - 16:50
ޖެންޒީ މުޒާހަރާގެ ޕްރެޝަރު ބޮޑުވެ އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދީފި

އިންޑިއާގެ ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް (ނީޓް) އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ ޕްރަދާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރަދާން އިސްތިއުފާ ދެއްވާފައި މިވަނީ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ހަފުތާތަކެއް ވަންދެން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ބޮޑެތި ފިއްތުންތަކުގެ ސަބަބުންނެވެ. ޕްރަދާން މަޤާމުން ވަކިވެވަޑައިގެންފައިވާކަން ކަށަވަރު ކޮށްދެއްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ އިސްތިއުފާއަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު، މި ހަރަކާތްތައް އަދިވެސް ދަނީ ކުރިއަށެވެ. މި މައްސަލައިގައި ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަރުކާރުން ވަނީ ދަރިވަރުންގެ ބައެއް ހުށަހެޅުންތަކަށް އެއްބަސްވެފައެވެ.

މަޝްވަރާތަކަށްފަހު މުޒާހަރާތައް ހުއްޓާލާނެ ކަމަށް ބެލެވުނު ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އަދިވެސް މުޒާހަރާގެ ބައިވެރިން މަގުތަކުން ދުރަށް ގޮސްފައެއް ނުވެއެވެ. ޕްރަދާންގެ އިސްތިއުފާއަކީ މި މައްސަލައިގައި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0