ދުނިޔެ

ދެ ރޭ މަތިން އީރާނުގެ 170 ތަނަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެފި

9 ޖުލައި 2026 - 14:19
ދެ ރޭ މަތިން އީރާނުގެ 170 ތަނަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެފި

ވޭތުވެދިޔަ ދެ ރޭގެ ތެރޭގައި އީރާނުގެ އެކި ސަރަހައްދުތަކުގައިވާ އަސްކަރީ ގާތްގަނޑަކަށް 170 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރިއްޔާ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ މިސައިލް އަދި ޑްރޯން އުފައްދާ މަރުކަޒުތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށާއި، އައްސޭރިފަށުގެ ރާޑަރު ސައިޓްތަކުގެ އިތުރުން ކަނޑުގެ އަސްކަރީ ވަސީލަތްތަކަށެވެ.

އެމެރިކާއިން ހާމަކުރި ގޮތުގައި، އޮޕަރޭޝަންގެ ފުރަތަމަ ރޭ އަސްކަރީ 80 އަށްވުރެ ގިނަ ތަނަށް ހަމަލާދީފައިވާއިރު، އޭގެ ޖެހިގެން އައި ރޭ އިތުރު 90 އެއްހާ ތަންތަނަށް ވަނީ ހަމަލާދީފައެވެ.

މި ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެއީ ވަކިވަކި ސަރަހައްދުތަކެއް ނޫންކަމަށާއި އެއް އަސްކަރީ މަރުކަޒެއްގެ ތެރޭގައި ހުރި އެތައް އަމާޒަކަށް ހަމަލާދީފައިވުން އެކަށީގެންވާކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އިރާނާއި ދެމެދު ސުލްހައިގެ އެއްބަސްވުން ނެހެދި ނުތަނަވަސްކަން އިތުރުވެ، އަލުން ފަރާތުން ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން އަނެއްކާވެސް ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0