ޚަބަރު

މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވޭނަމަ ކަންކަން ފާލުން ނެއްޓިދާނެ: އަލީ ރަމީޒު

23 ޖުލައި 2026 - 18:17
މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވޭނަމަ ކަންކަން ފާލުން ނެއްޓިދާނެ: އަލީ ރަމީޒު
ފޮޓޯ : އަލީ ރަމީޒު

މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ކަންކަން ފާލުން ނެއްޓިގެން ހިނގައިދާނެކަމަށް މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު މިހެން ވިދާޅުވީ ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދިނުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި މިފަދަ އަމަލުތައް ނުހުއްޓުވައިފިނަމަ، މުޖުތަމައުގެ ކަންކަން ކޮންޓްރޯލުން ނެއްޓި، ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް މިދިޔަ ބުދަދުވަހުގެ މެންދަމުގެ ވަގުތެއްގައި ގެއްލުންދީފައިވަނިކޮށް، ރޭ މަގްރިބް ނަމާދަށްފަހުވެސް އެ މިސްކިތަށް ވަނީ ގެއްލުންދީފައެވެ. މި ހަމަލާތަކުގައި މިސްކިތުގެ މައި ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާއިރު، ފުލުހުން ބުނެފައިވަނީ ދެ ފަހަރުވެސް އެކަން ކޮށްފައިވަނީ އެކަކު ކަމަށެވެ.

މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ކައިރިކައިރީގައި މިސްކިތްތަކަށް ހަމަލާދޭ ދިނުން ނުހުއްޓުވޭ މައްސަލާގައި އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މާލޭގެ މިސްކިތްތަކަށް ގެއްލުންދިނުމާއި މިސްކިތްތަކުގައި ހުންނަ ތަކެތި ވަގަށް ނެގުމަކީ ފަހަކަށްއައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0