ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ގެސްޓް ހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، އެ މީހާއާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް، އޭނާގެ އުމުރާއި ޖިންސު ނުވަތަ މަރުވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ހާދިސާތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުން، ސީން އެޓެންޑްކޮށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.






ރިއެކްޓް