ޚަބަރު

ހަތަރު ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

23 ޖުލައި 2026 - 17:08
ހަތަރު ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ބޯޑަށް މިއަދު މެންބަރުން އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަޢުލޫމާތުދިން ގޮތުގައި ބޯޑަށް ބަދަލު ގެނެސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެއެވެ.

މިގޮތުން އަލަށް އައްޔަނުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ގ.ބާނީ، އަޙްމަދު މާޒިން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ދ.ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ދ.ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، މއ.ޝާހީން، ޢަބްދުﷲ ޔާމީން އެވެ.

މި ބަދަލުތަކުގެ އިތުރުން އިއްޔެގެ ވަގުތެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ ވަނީ އައްޔަނުކޮށްފައި ކަމަށް ޕީސީބީން ވަނީ އިއްޔެކުރި ޕޯސްޓެއްގައި ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0