ޚަބަރު , ސިޔާސީ

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒު މަގާމުން ވަކިކޮށްފި

23 ޖުލައި 2026 - 16:03
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ނިޔާޒު ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން ވެސް ވަކިކޮށްފައެވެ.

ނިޔާޒު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ 30 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އަހުމަދު ނިޔާޒަކީ އެމްޓީޑީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުންޏާ ފުރަތަމަ ގުޅިވަޑައިގަތީ 5 ނޮވެމްބަރު 2007 ގައެވެ. ނިޔާޒަކީ އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަސިޓީން ޑިޕްލޮމާ އިން ޑިރެކްޓާޝިޕް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0