ސަވާހެލި އައްޑޫ ސިޓީގެ އިޚްތިޞާޞުން ވަކިކުރައްވައިފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެގޮތުން، ޤާނޫނު ނަންބަރު 2010/7 ގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ނަންބަރު 13/2026) ނެރުއްވާފައެވެ.
މި ޤަރާރުގައިވާ ގޮތުން، އައްޑޫ ސިޓީގެ އިޚްތިޞާޞުން ސަވާހެލި ވަކިކުރަން ނިންމެވީ އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ބޭނުމުގައެވެ.
އިޚްތިޞާޞަށް ގެނައި މި ބަދަލުތައް ދައްކުވައިދޭ ޗާޓުތައް ޖަދުވަލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.






ރިއެކްޓް