ރަށު ކައުންސިލުތަކުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދެނީ
މާލެ ސިޓީ ކައުންސިލުން މިފަދަ ނިންމުމެއް ނިންމީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަން ކައުންސިލުން ފާހަގަކުރެއެވެ.
އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން، ރަށު ކައުންސިލްތަކުން މާލޭގައި ބައްދަލުވުންތައް ބާއްވަން ބޭނުންވާ ހާލަތްތަކުގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހިލޭ ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
މި ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.






ރިއެކްޓް