ޚަބަރު

ކުދިންތަކެއް މީހަކަށް ހަމާލާދީ މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

15 ޖުލައި 2026 - 10:35
ކުދިންތަކެއް މީހަކަށް ހަމާލާދީ މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ރޭ ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ" ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހޯރަފުށީގައި ހިނގައިދިޔަ މިހާދިސާގެ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު، އެ މަރުކަޒުގެ ކައިރިއަށް ގިނަ ބަޔަކު އެއްވެފައިވާ މަންޒަރު ފެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0