ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް ފަރުވާދެނީ

9 ޖުލައި 2026 - 23:09
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް ފަރުވާދެނީ

މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މެރިން ޕޮލިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 9:10 ހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދުގައި މެރިން ޕޮލިސްގެ ޓީމުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެކްސިޑެންޓްގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ލޯންޗުގައި ޖެހުނު ދޯނި މަޑުނުކޮށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، ދޯނި މަޑުނުކޮށް ދިޔަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0