ރާއްޖެއަށް އެތެރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
3.6 ކިލޯ ބަރުދަނުގައި ހުރި ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ މިތަކެތި ކަސްޓަމުން އަތުލައިގަނެފައިވަނީ މިދިޔަމަހުގެ 18 ވަނަ ދުވަހުއެވެ..
ކަސްޓަމުން މަޢުލޫމާތުދެއްވި ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނެއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއްނުވެއެވެ.






ރިއެކްޓް