ވިޔަފާރި , ޚަބަރު

އީީދު ހެދުން ގަންނަން އެންމެ ރަނގަޅީ އިލާލާއިން

24 މޭ 2026 - 08:27
އީީދު ހެދުން ގަންނަން އެންމެ ރަނގަޅީ އިލާލާއިން

އީދު ނަމާދަށް ދިއުމަށް އާ ހެދުމެއް ގަތުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ވަރަށް ބޮޑު އާދަކާދައެކެވެ. މި އާދަކާދައާ އެއްގޮތަށް، މި އަހަރުގެ އީދަށް ތައްޔާރުވުމަށްޓަކައި މަޝްހޫރު ފޭރާން ފިހާރަ "އިލާލާ" އިން ވަނީ މުޅިން އާ ސްޓޮކެއް ބާޒާރަށް ނެރެފައެވެ.

އިލާލާއިން ވަނީ އީދަށް ހާއްސަކޮށްގެން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއްގެ ހެދުން ގެނެސްފައެވެ. ފިރިހެނުންނަށް ހާއްސަ މި ފިހާރައިން މިހާރު އެންމެ މަގުބޫލު ލިނަން ގަމީހާއި، ފަޓުލޫނު އަދި ސޯޓުވެސް ލިބެން ހުންނާނެއެވެ.

ޖިންސަށް ބަލާއިރު، އެންމެ ފަހުގެ ކަޓުތައް ކަމަށްވާ ލޫސް ފިޓް، މަމްސް ކަޓް، ސްޓްރައިޓް އަދި ބޫޓް ކަޓް ޖިންސް އިލާލާއިން ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ސްލިމް ކަޓަށް ލޯބިކުރާ ފަރާތްތަކަށްވެސް ހާއްސަ ޖިންސްތަކެއް ވަނީ ގެނެސްފައެވެ. ޓީޝާޓުގެ ތެރޭގައި ބޭސިކް ޓީޝާޓާއި ޑްރޮޕް ޝޯލްޑާ ޓީޝާޓުތައްވެސް ހިމެނެއެވެ.

އީދު ހެދުމުގެ އިތުރުން، އޮފީހަށް ދާން ބޭނުންކުރާ ފޯމަލް ގަމީހާއި ފަޓުލޫނު އަދި ޓައިވެސް އިލާލާއިން ލިބެން ހުންނާނެއެވެ. އަދި ފިރިހެނުންގެ ވޮލެޓާއި، ކެޝުއަލް އަދި ފޯމަލް ބެލްޓްތައްވެސް މި ސްޓޮކްގައި ހިމެނެއެވެ.

އިލާލާގެ ފިހާރަތައް ހުންނާނީ މާލޭގެ ލޮނުޒިޔާރަތް މަގުގައާއި ހުޅުމާލޭގެ ނިރޮޅު މަގު ނުވަތަ ބޮޑުމަގުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ އޯޑަރެއް ކޮށްލުމަށް އިލާލާގެ ވައިބާ ނަމްބަރު 9677830 އަށް ގުޅާލަން ނުވަތަ މެސެޖެއް ކޮށްލުމުން ކަސްޓަމަރުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0