ވިޔަފާރި , ޚަބަރު

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

18 މޭ 2026 - 20:00
 1
މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް މިއަދު ދީފިއެވެ. މި ހުއްދަ ދީފައިވަނީ 18 މެއި 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން މޯލްޑިވްސް ޕްރީމިއާ ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ލައިސަންސް ދިނުމާއެކު، އެ ބޭންކަށް ރާއްޖޭގައި ބޭންކިންގ ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގާނޫނީ ހުއްދަ މިވަނީ ލިބިފައެވެ.

މޯލްޑިވްސް ޕްރީމިއާ ބޭންކުގެ މެނޭޖްމަންޓުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ވިޔަފާރި އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން ޖަނާހު ހިމެނިވަޑައިގަންނަވައެވެ.

މި ބޭންކަށް ލައިސަންސް ދިނުމާއެކު، ރާއްޖޭގައި މިހާރު ބޭންކިންގ ހިދުމަތް ދެމުންދާ ބޭންކުތަކުގެ ޖުމްލަ އަދަދު ވަނީ 9 އަކަށް އަރާފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ، ވާދަވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0