އެޑްވަޓޯރިއަލް: "އިލާލާ" އިން އެންމެ ފަހުގެ ފެޝަން ބްރޭންޑްތަކުގެ ސްޓޮކް އާކޮށްފި

ފިރިހެނުންގެ ފެޝަން ބްރޭންޑްތަކުގެ އޮރިޖިނަލް ހެދުން ލިބެން ހުންނަ މަޝްހޫރު ފިހާރަ "އިލާލާ" އިން އެތަނުގައި ވިއްކާ ހެދުންތަކުގެ ސްޓޮކް އާކޮށްފިއެވެ.
މިގޮތުން އެންމެ ފަހުގެ ޑިޒައިންތަކުގެ ކެޝުއަލް އަދި ގަމީސްތަކާއެކު، ޒާރާ، އޮން އެންޑް އޮފް, ޖީޓޫތައުޒަން, ޓީބީވައި އަދި ލީވައިސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައު މުދާ އިލާލާއަށް ވަނީ ގެނެސްފައެވެ.
އިލާލާއިން ބުނިގޮތުގައި ދިވެހިން އެންމެ ގަޔާވާ އޮފީސް ގަމީހާއި ފަޓްލޫނުގެ "ސްލީކް" ޑިޒައިންތައް މިހާރު އެ ފިހާރައިން ލިބެން ހުންނާނެއެވެ. މީގެއިތުރުން އެކި ސްޓައިލްތަކުގެ ކެޝުއަލް ޖިންސާއި، ގަމީހާއި ޓީޝާޓު ވެސް ލިބޭނެ ކަމަށް އެ ފިހާރައިން ވަނީ ހާމަކޮށްފައެވެ.
އިލާލާގެ ލޯޔަލް ކަސްޓަމަރުންނަށް ޚާއްސަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ދެމުންދާ "އިލާލާ" އަކީ ފިރިހެނުންނަށް ޚާއްސަ އެކި ފެޝަން ބްރޭންޑުގެ އައިޓަމްތައް ވިއްކާ ފިހާރައެއްގެ ގޮތުގައި މާލޭގައި މަޝްހޫރު ފިހާރައެކެވެ.
އެ ފިހާރައިން ފިރިހެނުންނަށް ޚާއްސަ އޮފިޝަލް އަދި ކެޝުއަލް އެކި ވައްތަރުގެ ގަމީހާއި ފަޓުލޫނު އަދި ޖީންސްގެ އިތުރުން، އެކްސެސަރީތަކާއި، ހުޑީސް، ސްވެޓްޕޭންޓްސް އަދި ސޯޓު ވެސް ލިބެން ހުރެއެވެ.
އިލާލާގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް އޮންލައިންކޮށް ވެސް މުދާ ގަނެވޭ އިރު، އޮންލައިންކޮށް ގަންނަ މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އެ ފިހާރައިން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް



