ވިޔަފާރި , ޚަބަރު

އައިފޯން 17 އާއި އެކު ބެސްޓްބައި މޯބައިލްސްގެ އިތުރު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި

27 ސެޕްޓެމްބަރު 2025 - 16:42
އައިފޯން 17 އާއި އެކު ބެސްޓްބައި މޯބައިލްސްގެ އިތުރު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި
ފޮޓޯ: ވިރާސީ

ބެސްޓްބައި މޯބައިލްސްއިން މާލޭގައި ހުޅުވި ހަތަރުވަނަ ފިހާރަ، ރޭގެ ވަގުތެއްގައި މަޖީދީމަގު ބޮނޑިބަތް ޕާކު ކުރިމަތީގައި ހުޅުވައިފިއެވެ.

މިއީ ކުރިން މާފަންނު ސްޓާރ ރެސްޓް ކުރިމަތީގައި ހުރި ފިހާރަ އެތަނުން ބަދަލުކޮށް، މާލޭގެ މެދަށް ގެނެސް އިތުރަށް ޖާގަ ބޮޑުކޮށް، މުދަލުގެ ބާވަތްތައް އިތުރުކޮށްގެން ހުޅުވި ފިހާރައެކެވެ.

މި ފިހާރައިން މޯބައިލް ފޯނާއި ފޯނަށް ބޭނުންވާ އެކްސެސަރީޒްގެ އިތުރުން، ގޭމިން ސިސްޓަމްތަކާއި އެކްސެސަރީޒް އަދި ގޭގައި ބޭނުންކުރާ ޑިޖިޓަލް އަދި އިލެކްޓްރޯނިކްސް އާލާތްތައް ލިބެން ހުންނާނެއެވެ. އަދި އޭޕަލްގެ އެންމެ ފަހުގެ އައިފޯން 17 ގެ އެކި މޮޑެލްތައްވެސް މި ފިހާރައިން ލިބެން ހުންނާނެކަމަށް ބެސްޓްބައިމޯބައިލްސް އިން މަޢުލޫމާތު ދީފައިވެއެވެ.

ފިހާރަ ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ލަކީ ޑްރޯއެއް ބާއްވާފައިވާއިރު، މި ލަކީ ޑްރޯއިން އެއްވަނައަށް ދިޔަ ފަރާތަށް އައިފޯން 16 އެއް ހަދިޔާކޮށްފައިވެއެވެ.

ބެސްޓްބައި މޯބައިލްސްއިން ފުރަތަމަ ފިހާރަ ހުޅުވީ 2019 ވަނަ އަހަރުއެވެ. އެއީ މޯބައިލް ފޯނަށް ޚާއްސަ ފިހާރައެކެވެ. އޭގެ ފަހުން ކުންފުނިން ވަނީ ވިޔަފާރި ފުޅާކޮށް، މާލޭގައި އިތުރު ތިން ފިހާރަ ހުޅުވާފައެވެ. މިއަދު ހުޅުވުނު ފިހާރައާއެކު މާލޭ ސަރަހައްދުގައި ބެސްޓްބައި މޯބައިލްސްގެ ހަތަރު ފިހާރަ ހުޅުވިފައި ވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0