ޔޫރޯއިން އިސްނަގައިގެން ހުޅުމާލޭ ބީޗް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ
"ލޮރެންޒް" ބްރޭންޑްގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ، ޔޫރޯ މާކެޓިން އިން އިސްނަގައިގެން ނޯ ޕްލާސްޓިކް މޯލްޑިވްސް އާ ގުޅިގެން ބީޗް ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
"ލޮރެންޒް ކްލީން ޝޯޒް އިނިޝިއޭޓިވް" ނަމުގައި ލޯންޗުކުރި މި ހަރަކާތުގެ ދަށުން ގޮނޑޮދޮށްތައް ސާފުކުރުމުގެ އިތުރުން ތިމާޗެއްޓާ ގުޅުންހުރި ކަންކަމާއި ދެމެހެއްނެޓެވި ކަންކަން ޕްރޮމޯޓުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔޫރޯ މާކެޓިން އިން ބުންޏެވެ. މި އިސްނެގުމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ލޮރެންޒް ކުންފުނިން ޒަމާނުއްސުރެ އިސްކަން ދޭ ކަމަށާއި ރާއްޖޭގެ ގުދުރަތީ އައްސޭރިފަށުގެ މާހައުލު ހިމާޔަތް ކުރުމަށް ބްރޭންޑުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި ހަރަކާތުގެ ދަށުން ގޮނޑޮދޮށް ސާފުކުރުމުގެ ފުރަތަމަ ހަރަކާތް ވަނީ އަންނަ ހޮނިހިރު ދުވަހަށް ތާވަލްކޮށްފައެވެ. 27 ޑިސެންބަރު ވާ ދުވަހު ހެނދުނު 07:30 އިން 11:45 އަށް މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ހުޅުމާލޭ ފަންނު ބީޗްގައެވެ.
ވީހާ ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެދިފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދުރާލާ ރެޖިސްޓާ ކުރެވޭނެ މަގު ވެސް ވަނީ ހުޅުވާލައިފައެވެ. ކުރިއާލާ އޮންލައިން ރެޖިސްޓްރީ ވެވޭނީ މި ލިންކުންނެވެ.
ހަރަކާތުގައި ބައިވެރިވާ މީހުން އަމިއްލަ ރީޔޫސަބަލް ފެން ފުޅި ގެނައުމަށާއި ވީހާ ވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް، ތިމާވެއްޓަށް އިސްކަން ދިނުމަށް ވެސް ވަނީ އެދިފައެވެ.






ރިއެކްޓް