ވިޔަފާރި , ޚަބަރު

ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރު އިތުރުކޮށްފި

18 ފެބްރުވަރީ 2026 - 20:59
ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރު އިތުރުކޮށްފި

ވިޔަފާރި ތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ޚާއްސަ އުސޫލެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވާލައިފިއެވެ.

ކާބޯތަކެތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ނެރުނު މި އުސޫލުގެ ދަށުން 3 ހަފްތާގެ މުއްދަތަށް މި ވިޔަފާރިތަކަށް އާއްމުކޮށް ދޫކުރާ މިންވަރަށްވުރެ 32 އިންސައްތަ ޑޮލަރު އިތުރަށް ދޫކުރާނެއެވެ.

އެމްްއެމްއޭއިން މަޢުލޫމާތުދެއްވި ގޮތުގައި މި އުސޫލު ގާއިމުކުރީ އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް އޮތް ޑިމާންޑާއި އެއްވަރަކަށް ޑޮލަރު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

އަދި މި އުސޫލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވާނެކަމަށް އުއްްމީދުކުރާކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0